ބީޓީއެސްގެ ޖިންގެ ކޮންސާޓް ފިލްމު އަންނަ މަހު ގެނެސްދެނީ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 7:32
ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ މެމްބަރު ޖިންގެ ފުރަތަމަ ސޯލޯ ކޮންސާޓް ފިލްމު އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޖިންގެ ފުރަތަމަ ސޯލޯ ކޮންސާޓް ފިލްމު "ރަންސޮކްޖިން އީޕީ. ޓުއާ ދަ މޫވީ" ބައެއް ސިނަމާތަކުގައި ދައްކާނީ އަންނަ މަހު 27 އާއި 28 ގަ އެވެ. އެ ފިލްމަށް ޓިކެޓް ވިއްކަން އަންނަ މަހު ފަހެއްގައި ފަށާނެ އެވެ.
އެ ފިލްމު ދުނިޔޭގެ 70 ގައުމުގެ 1.800 ތިއޭޓަރުގައި ދައްކަން ވަނީ ނިންމައިފަ އެވެ.