ކިމް ވޫ ބިން އާއި ޝިން މިން އާ ކައިވެނިކުރަނީ

މިހާރު

25 ނޮވެމްބަރު 2025 | އަންގާރަ | 7:06

ދެކުނު ކޮރެއާގެ ޑްރާމާތަކުގައި މަޝްހޫރު ތަރިން ކަމަށްވާ ކިމް ވޫ ބިން އާއި ޝިން މިން އާ ކައިވެނިކުރަން ނިންމައިފި އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރު ފަހުން އެ ދެ ތަރިން ކައިވެނިކުރަން ނިންމިކަން އިއުލާންކުރީ އެމީހުންގެ އެޖެންސީ އޭއެމް އެންޓަޓެއިންމަންޓް އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، އެ ތަރިން ކައިވެނިކުރަނީ އަންނަ މަހު 20 ގަ އެވެ. އަދި ކައިވެނި ޕާޓީއަށް ދެ ފަރާތުގެ އާއިލާ އާއި އެންމެ ގާތް ރައްޓެހިންނަށް ވަނީ ދައުވަތު ދީފަ އެވެ.

މައުޟޫޢުތަށް