"އިޚްވާނުލް މުސްލިމީން" ގެ ބައެއް ގޮފިތައް ޓެރަރިސްޓުންގެ ގޮތުގައި އެމެރިކާއިން ކަނޑައަޅައިފި
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 12:42
އިސްލާމީ ސިޔާސީ ހަރަކާތެއް ކަމަށްވާ އިޚްވާނުލް މުސްލިމީން (މުސްލިމް ބުރަދަހުޑް) ގެ ބައެއް ޖަމާއަތްތަކަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަންގަވައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ޓްރަމްޕު ނެރުއްވި ގަރާރުގައި ލުބްނާނާއި މިސްރު އަދި އުރުދުންގެ އިޚްވާނުލް މުސްލިމީންގެ ނަން ވަކިން ފާހަގަކުރައްވާފައިވެ އެވެ.
އެއީ އެ ޖަމާއަތްތައް ނިސްބަތްވާ ގައުމުތަކާއި ސަރަހައްދުތަކުގެ އަދި އެމެރިކާގެ ރައްޔިތުންނަށާއި އެމެރިކާގެ މަސްލަހަތަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ހިންގައި އަދި އެފަދަ ކަންކަމުގައި ބައިވެރިވާ ޖަމާއަތްތައް ކަމަށް ޓްރަމްޕުގެ އަމުރުގައި ބުނެފައިވެ އެވެ.