ގާތް މީހަކު ކޮންމެ 10 މިނެޓަކުން އަންހެނަކު މަރާލާ: އދ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 8:47
މިދިޔަ އަހަރު ކޮންމެ 10 މިނެޓެއްގެ ތެރޭ އަންހެނަކު، އޭނާގެ ގާތް މީހެއްގެ އަނިޔާތަކުގައި މަރާލާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅުވައި ނެރުނު ރިޕޯޓްގައި އދ. އިން ބުނީ ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވާ ކަމަށެވެ. މި ރިޕޯޓްގައި، އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާފައިވާ އަންހެނުންގެ 60 ޕަސެންޓަކީ ބައިވެރިޔާ، ބައްޕަ، ބޮޑުބޭބޭ، މަންމަ އަދި ބޭބެ ފަދަ ގާތް މީހުންގެ ސަބަބުން މަރުވި މީހުންނެވެ. އަދި މަރާލި ފިރިހެނުންގެ ތެރެއިން 11 ޕަސެންޓަކީ ގާތް މީހުންގެ އަނިޔާތަކުގައި މަރާލި މީހުން ކަމަށް ބުނެފައިވެ އެވެ.