ފުޓްބޯޅަ ސްޓޭޑިއަމް ހަދަން ފީފާ މެދުވެރިކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ސައުދީ ފަންޑުން ލޯނު ދެނީ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 9:01
ފީފާގެ މެންބަރު ގައުމުތަކުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފުޓްބޯޅަ ސްޓޭޑިއަމްތައް އިމާރާތްކުރަން ސައުދީގެ ތަރައްގީގެ ފަންޑުން ލޯނު ދޭން އިއުލާން ކޮށްފި އެވެ.
ސައުދީގެ ފަންޑުން ވަނީ އެކަމަށް އެއް ބިލިއަން ޑޮލަރު ހަމަޖައްސައިފަ އެވެ. އެ ލޯނު ދޫކުރާނީ ފީފާ މެދުވެރިކޮށެވެ.
ސައުދީގެ ފަންޑާ އެކު ހެދި އެއްބަސްވުމާ ބެހޭގޮތުން ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެ ފުރުސަތަކީ ފުޓްބޯޅައަކީ "މުޅި ދުނިޔޭގެ ކުޅިވަރަކަށް" ހެދުމަށް ކުރާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.