އެމްޑީޕީގެ ޗެއާޕާސަންގެ ޒިންމާ ހަވާލުކުރާނެ ބޭފުޅަކު ކަނޑައެޅުން ގައުމީ މަޖިލިހަށް ދޫކޮށްލަނީ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 9:06
އެމްޑީޕީގެ ޗެއާާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމުގެ ޒިންމާ ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުން އެ ޕާޓީގެ ގައުމީ މަޖިލިހުން ނިންމާ ގޮތަކަށް ދޫކޮށްލަން ގައުމީ ހިންގާ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
މޭ 14، 2022 ގައި ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރި ފައްޔާާޒު އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ލީޑަޝިޕްގެ އެތެރޭގެ ކޯޅުންތަކުގެ ތެރޭގައި އުފެދުނު ނުތަސްވަސްކަމާ ހެދި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަަކާ ހެދި އުފެދިފައިވާ އެ އަރައިރުން ފައްޔާޒުގެ އިސްތިއުފާ އަށް ފަހު ވެސް ދަނީ ކުރިއަށެވެ.
ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތެއް ނިންމަން ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވައި ނިންމީ އެ ބޭފުޅަކު ކަނޑައެޅުން ގައުމީ މަޖިލިހަށް ދޫކޮށްލާ ގޮތަށެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވައި ދިނުމަށް ހުށަހަޅަން ވެސް ގައުމީ ހިންގާ ކޮމިޓީން އިއްޔެ ނިންމި ކަމަށް އެމްޑީޕީން ނިންމި އެވެ.