ޗޮކްލެޓެއް ނޫން، ފަސް ކިލޯ މަސްތުވާތަކެތި!
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 10:25
ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން އެ ގައުމަށް އެތެރެވާން އުޅުނު މެލޭޝިއާ މީހެއްގެ އަތުން، ޗޮކްލެޓްގެ ލޭބަލްގައި ބަންދުކޮށްފައި ހުރި ފަސް ކިލޯގެ ކޮކެއިން ފެނިގެން ރޭ ހައްޔަރުކޮށްފި އެވެ.
ސްރީ ލަންކާ ކަސްޓަމްސް އިން ބުނީ 250 މިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ އިއްތިހާދު އެއާވޭސްގެ ފްލައިޓް އީވައި-396 އިން އަބޫ ދާބީން އައި 25 އަހަރުގެ މެލޭޝިއާ މީހެއް ކަމަށެވެ.
ކަސްޓަމްސް އޮފިސަރުންނަށް މަސްތުވާތަކެތި ފެނުނީ އަތްދަބަހުގައި އޮތް ޗޮކްލެޓް ދަޅުތަކަކުންނެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި މަސްތުވާތަކެތި ހުރީ ޗޮކްލެޓްގެ ލޭބަލްގައި ވަރަށް ރީތިކޮށް ބަންދުކޮށް، ވަރަށް ރަނގަޅަށް ބެލުމުން ނޫނީ ނޭނގޭ ގޮތް ހަދައިފަ އެވެ.