އިންފްލުއެންޒާ އާއި ޑެންގޫގެ ކޭސްތައް އިތުރުވެއްޖެ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 4:33
އިންފްލުއެންޒާ އާއި ޑެންގޫ ބަލީގެ ކޭސްތައް މި މަހު އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ މަހާ އަޅާ ބަލާއިރު، މި މަހުގެ މިހާތަނަށް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، އިންފުލުއެންޒާ ފަދަ ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނެޓައިޒާ ބޭނުން ކޮށްގެން އަތް ސާފު ކުރުމަށާއި ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.