ތައިލެންޑުގައި "މަރުވި" މީހަކު އަންދާލަން އުޅެނިކޮށް ހަރަކާތްކުރަން ފަށައިފި
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 1:26
މަރުވި ކަމަށް ބަލައި އަންދާލަން ތައިލެންޑުގެ ބުޑިސްޓް ފައްޅިއަކަށް ގެންދިޔަ އަންހެނަކު ކުއްލިއަކަށް ހަރަކާތްކުރަން ފަށައިފި އެވެ.
ބެންކޮކްގެ "ވަޓް ރަޓް ޕްރަޚޮންގް ތަމް" ފައްޅީގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އަންދާލަން ގެންދިޔަ މީހާ އަތާއި ބޯ ހަރަކާތްކުރަނީ ހުދު ކުލައިގެ ސަންދޯކެއްގައި ބާއްވާފައި އޮއްވަ އެވެ.
"މަރުވި" އުމުރުން 65 އަހަރުގެ އަންހެން މީހާ އަންދާލަން ސަންދޯކަށް ލައިގެން ވެހިކަލްގައި އައީ އަންހެން މީހާގެ ކޮއްކޮއެއް ކަމަށާއި ސަންދޯން ހުޅުވައިގެން ބެލީ އެތެރެއިން ސަންދޯކުގައި ތަޅާ ކަހަލަ އަޑެއް އިވިގެން ކަމަށް ފައްޅީގެ މީހަކާ ހަވާލާދީ އޭޕީ ނިއުސް އެޖެންސީން އިއްޔެ ބުންޏެވެ.