ޑްރަގްގެ ބޮޑު އޮޕަރޭޝަންގެ މައުލޫމާތު މިއަދު ދެނީ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 11:24
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ކުއްލި ބޮޑު އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މި މަހުގެ 13 ގައި ހިންގި އޮޕަރޭޝަނުގައި އެއްފަހަރާ 100 ސަރަހައްދެއް ފާސްކޮށް، 100 އެއްހާ މީހުން ހައްޔަރުކުރި އެވެ. އެ މީހުންނަކީ ވެސް ޑްރަގްގެ ވިޔަފާރީގެ ތެރޭގައި އުޅުނު މީހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އޭރު ވިދާޅުވި އެވެ.
ނަމަވެސް، ދެ ހަފުތާވާން ކައިރިވިއިރު ވެސް އޮޕަރޭޝަނުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ ހަބަރު ނޫސްތަކުގައި ޖެހުމުން ފުލުހުން ވަނީ މިއަދު މެންދުރު 2:15 ގައި ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައި މީޑިއާތަކަށް ދައުވަތު ދީފަ އެވެ.