ޕްރޮސްތެޓިކް ލެބްގެ މުހިންމު ހިދުމަތް ހުއްޓިފައި އޮންނަތާ އަށް މަސް

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 5:34

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބްގައި އެ ހިދުމަތް ހުއްޓިއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކުރި ޕްރޮސްތެޓިކް ލެބް ހުޅުވީ އޮގަސްޓް 9، 2023 ގަ އެވެ. ނަމަވެސް، އެ ހިދުމަތް ދިނުމަށް އެންމެ މުހިއްމު ޓެކްނީޝަން އަނބުރާ ގައުމަށް ދިއުމުން އެކަން ވަނީ ހުއްޓިފަ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރޮސްތެޓިކް ޓެކްނީޝަންގެ މަގާމު ހުސްވެ، ހިދުމަތް ހުއްޓުނުތާ އަށް މަސް ދުވަސްވެއްޖެ ކަމަށެވެ. އަދި އެ ވަޒީފާއަށް މީހަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެކި ގޮންޖެހުންތައް ދިމާވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް