"މޫނުބުރުގާ ސްޓަންޓް" ހެދި އޮސްޓްރޭލިއާ މެންބަރު ސަސްޕެންޑްކޮށްފި
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 12:33
އޮސްޓްރޭލިއާގެ ހަރުކަށި ކަނާތު ފިޔައިގެ މަޖިލިސް މެންބަރަކު މޫނުބުރުގާގައި މަޖިލީހުގެ ޖަލްސާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކުރި މައްސަލައިގައި ސަސްޕެންޑްކޮށްފި އެވެ.
އޮސްޓްރޭލިއާގެ ސެނެޓުން ވަން ނޭޝަން ޕާޓީގެ އަންހެން މެންބަރު ޕައުލިން ހޭންސަން ވަނީ ހަތް ޖަލްސާއަށް ސަސްޕެންޑްކޮށްފަ އެވެ.
ސެނެޓް ލީޑަރު ޕެނީ ވޮންގް ވަނީ ހޭންސަންގެ އަމަލަކީ ފުރައްސާރައިގެ އަދި ނަފްރަތުގެ އަމަލެއް ކަމަށާއި އަދި މުއައްސަސާއެއްގެ ގޮތުން މުޅި ސެނެޓަށް އިހުތިރާމް ކުޑަކުރުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންވެ ވޮންގް ހުށަހެޅުއްވި ގޮތަށް، ހޭންސަން ސަސްޕެންޑްކުރުމަށް މިއަދު ފާސްކުރީ އެވެ.