އިތިއޯޕިއާގެ އަލިފާން ފަރުބަދައެއްގެ ދުން އިންޑިއާއާ ހިސާބަށް ގޮސް ދަތުރުތަކަށް ހުރަސްއެޅިއްޖެ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 1:52
އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އިތިއޯޕިއާގެ ބޮޑު އަލިފާން ފަރުބަދައެއް ގޮވައި އެރި ބޯ ދުމުގެ އަސަރު އިންޑިއާއަށް ކުރުމުން ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އިތިއޯޕިއާގެ އިރުމަތީގައި އޮންނަ އަފާރު ސަރަހައްދުގެ ހެއިލީ ގުއްބީ އަލިފާން ފަރުބަދަ 12،000 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގޮވައި ފެތުރުނު ބޯ ދުމުގެ އަސަރު އެތައް ހާސް ކިލޯމީޓަރު ދުރަށް ކޮށްފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ގޮވި އެ އަލިފާން ފަރުބަދައިން އެރި ދުމުގެ އަސަރު އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކަށް ކޮށްފައިވާއިރު، ދެކުނު އޭޝިއާގެ ގައުމުތަކަށް ވެސް އެ ދުމުގެ އަސަރުކުރާނެ ކަމަށް މިހާރު ލަފާކޮށްފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.