އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 3:01
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓް ފާސްކުރީ 74 މެންބަރުންގެ ވޯޓާ އެކު އެވެ. އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ ބަޖެޓާ ދެކޮޅަށެވެ.
ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލެއް ނުގެނެސް އޮތް ނަމަވެސް، ބައެއް ދާއިރާތަކުގެ ހަރަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ކޮމިޓީ މަރުހަލާގައި ގެނެސްފައިވެ އެވެ. އެގޮތުން، މަޖިލީހުގެ ބަޖެޓަށް 3.5 މިލިއަން ރުފިޔާ އިތުރުކޮށްފައިވެ އެވެ.