މޯލްޑވިއަންގެ ޓިކެޓް ހާންއެއާ މެދުވެރިކޮށް ވިއްކަން ފަށައިފި

މިހާރު

25 ނޮވެމްބަރު 2025 | އަންގާރަ | 3:43

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިއެކި އެއާލައިންތަކުގެ ޓިކެޓް ވިއްކުމުގެ ހިދުމަތް ފުޅާާދާއިރާއްގައި ދޭ، ހާން އެއާ މެދުވެރިކޮށް ޓިކެޓް ވިއްކަން އެ އެއާލައިނާ އެކު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޕާޓްނަޝިޕެއް ހަދައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ، އެއްބަސްވުމުގެ ދަށުން މައިގަނޑު ހުރިހާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) ތަކެއްގައި ހާންއެއާގެ އެކްސް 1 ގައި މޯލްޑިވިއަންގެ ޓިކެޓް ލިބެން ހުންނާނެ ކަމަށެެވެ. ހާން އެއާ އިން ވަނީ 350 އެއާލައިނަކާ އެކު، ޕާޓްނަޝިޕެއް ހަދައިފަ އެވެ.

މޯލްޑިވިއަން އެއާލައިނާއި ހާން އެއާ ގުޅުމުން 190 މާކެޓެއްގައި ހަރަކާތްތެރިވާ ޓްރެވެލް އެޖެންޓުންނަށް މޯލްޑިވިއަންގެ ޓިކެޓް ފަސޭހައިން ނެގޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ.

މައުޟޫޢުތަށް