ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު ދެ މީހުންނަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި

މިހާރު

25 ނޮވެމްބަރު 2025 | އަންގާރަ | 3:20

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.

މިދިޔަ އޭޕްރީލް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މާލޭގައި ކުރި އެ މުޒާހަރާ ރޫޅަލުމަށް ފަހު، މަހްޒޫމާއި ޝިމަން އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ދޫކޮށްލި އެވެ.

އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް ކުރީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މައުޟޫޢުތަށް