ޑްރަގް ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ ޑްރަގް

މިހާރު

25 ނޮވެމްބަރު 2025 | އަންގާރަ | 4:16

ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިމަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި މުޅި ރާއްޖެއިން އަތުލައިގަތީ 29.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ އޮޕަރޭޝަނުގެ މައުލޫމާތު ދޭން އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ ޑްރަގް ހޯދި ކަމަށެވެ.

ނާއިފް ވިދާޅުވީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރީ 38 މީހަކު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް