ދިރާގު ޕޭ ކަސްޓަމަރުންނަށް ދަ ކޮފީ ބީންސް އެންޑް ޓީ ލީފްއިން މާދަމާ 1ރ. އަށް ކޮފީއެއް

މިހާރު

25 ނޮވެމްބަރު 2025 | އަންގާރަ | 4:32

ދިރާގު ފިންޓެކް އިން ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ކޮފީއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.

މި ޕްރޮމޯޝަންގައި، ހުޅުމާލޭގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ތައްޔާރުކޮށް ވިއްކާ ހާއްސަ ބުއިންތައް 1ރ. އަށް މާދަމާ ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ހިމެނެނީ އެތަނުގައި ވިއްކާ 12 އައުންސުގެ ބުއިންތަކެވެ. މި ޕްރޮމޯޝަނުގައި އަލަށް ދިރާގުޕޭ ބޭނުންކުރަން ފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

ހުޅުމާލެ ފޭސް 1ގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގައި ޕްރީމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ސައިގެ ބުއިންތައް ހުރެ އެވެ.

މައުޟޫޢުތަށް