އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި، އަންނަ މަހުގެ ނިޔަލަށް ހުޅުމާލެ 3 ހިއްކައި ނިމޭނެ: ރައީސް
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 6:50
މާލޭ ރައްޔިއްތުންނަށް ގޯތި ދިނުމަށް ހުޅުމާލެ 3 އަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެއާ އެކު ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ 3 އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް އާ ޑްރެޖަރު ބޭނުންކުރަން މާދަމާ ފަށާނެ ކަމަށެވެ. މިހާރު ވެސް ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތްކުރާ ޑްރެޖަރާ އެކު، އެ މަސައްކަތުގެ ސްޕީޑު އަސްކޮށް އަންނަ މަހުގެ ފަހުކޮޅަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިރާވަރުގައި "ބަންޑް ވޯލް" ގެ މަސައްކަތް ފަށާނީ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއަައިއޭ) އާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ފަހު ކަމަށެވެ. އަދި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.