ސިޔާސީ ހިޔާލުތަފާތުވުން އާއިލީކުރުމަކީ ނަޝީދާއި އިބޫގެ ތޫނުފިލި ކަމަށް ކުރެވޭ މަލާމާތެއް: ފަޒްނާ
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 9:27
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ސިޔާސީ ގޮތުން އުފެދިފައިވާ ދެބަސްވުމަކީ "އާއިލީ އަރާރުމެއް" ގެ ގޮތުގައި ސިފަކުރުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް އިބޫގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދެއްކެވި ވާހަކަތަކަށް ނަޝީދު ތާއީދު ކުރައްވައިފި އެވެ.
ފަޒްނާގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ ރަނގަޅު ވާހަކަތަކެއް ކަމަށާއި ފަޒްނާއަކީ ވެސް އެ ޕާޓީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަނބަލެއް ކަމަށެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވީ މިފަހަކަށް އައިސް ދޭތެރެއަކުން އެކި ފަންތީގެ މީހުން ސިޔާސީ ހިޔާލުތަފާތުވުން އާއިލީ ގުޅުމާ ގުޅުވައި، ވާހަކަ ދައްކާތީ އެވެ.