ފައްޔާޒު، އަލީ އާޒިމްގެ ކެމްޕެއިނަށް ނުކުމެވަޑައިގެންފި

މިހާރު

25 ނޮވެމްބަރު 2025 | އަންގާރަ | 8:23

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެޑައިގެންފި އެވެ.

"ގަދަކޮށް" ގެ ނަމުގައި އާޒިމްގެ ކެމްޕެއިން ހަރަކާތް ފެށީ މިމަހުގެ 20 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ތިން ދައުރު ފުރުއްވި އާޒިމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތުގައި ފައްޔާޒު ބައިވެރިވެވަޑައިގެންނެވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަރިސް ބޭފުޅުން ވެސް ގެންދަވަނީ އޭނާއަށް ކެމްޕެއިން ކުރައްވަމުންނެވެ.

މައުޟޫޢުތަށް