ޔޫކޭގައި "ހަކުރު ޓެކްސް" މިލްކްޝޭކާއި ކޮފީއަށް ވެސް ފުޅާކުރަނީ
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 6:23
އިނގިރޭސި ވިލާތުގައި، ހަކުރު ހުންނަ ބުއިންތަކުން މިހާރު ނަގާ ޓެސްކް އިން ކުރިން އިސްތިސްނާކޮށްފައިވާ ބައެއް ބާވަތްތަކުން ވެސް ޓެކްސް ނަގަން ފެށުމަށް ބަޖެޓްގައި ހިމަނަން ނިންމައިފި އެވެ.
ބަޖެޓް ހުށަހެޅުމުގެ ކުރިން ހައުސް އޮފް ކޮމަންސްގައި ހެލްތު އެންޑް ސޯޝަލް ކެއާ ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވި ގޮތުގައި މިލްކްޝޭކާއި ކޮފީގެ ބުއިންތަކާއި ކިރުގެ ބަދަލުގައި ބޭނުންކުރެވޭ ބުއިންތަކުން ވެސް "ހަކުރު ޓެކްސް" ނަގަން ފަށާނެ އެވެ.
މިހާރު އެ ގައުމުގައި އާންމުކޮށް ހަކުރު ޓެކްސް ނަގަމުން އަންނަނީ ސޮފްޓް ޑްރިންކް އިންޑަސްޓްރީއަށް އަމާޒުކޮށެވެ. އަދި އާންމުކޮށް އެ ޓެކްސް ނަގަނީ ސުޕަމާޓްތަކުގައި ވިއްކާ ދަޅާއި ކާޓަން ފަދަ ތަކެތީގައި ހުންނަ ބުއިންތަކުންނެވެ.