މިސަރުކާރަށް ވުރެ ޓެކްސީ ޑްރައިވަރުންގެ އަގުވަޒަންކުރާ ސަރުކާރެއް ނެތް: ރައީސް

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 10:45

މި ސަރުކާރަށް ވުރެ ޓެކްސީ ޑްރައިވަރުންގެ އަގުވަޒަންކުރާ ސަރުކާރެއް އަދި ނާންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ތައްޔާރުވެފައިވާ ޓެކްސީ ލައިނާ ގުޅިގެން ޑްރައިވަރުންގެ ކަންބޮޑުވުން އެބަ އޮތެވެ. މައްޗަންގޮޅި ރައްޔިތުންނަށް ރައީސް ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވެސް ބައެއް ޑްރައިވަރުން އެ ކަންބޮޑުވުން ހިއްސާކުރި އެވެ.

އެ ޝަކުވާތަކާ ގުޅިގެން ރައީސް ވިދާޅުވީ މި ސަރުކާރަށް ވުރެ ޓެކްސީ ޑްރައިވަރުންގެ އަގުވަޒަންކުރާ ސަރުކާރެއް ނެތްކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ސަބަބުތައް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި މި ސަރުކާރުން ފަހުން އިއުލާނުކުރި ފްލެޓުތަކުގެ ތެރޭގައި ޓެކްސީ ޑްރައިވަރުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށް ހާއްސަ ކެޓަގަރީއެއް ހަމަޖައްސާފައިވާކަން ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް