މުސާރައިގެ މައްސަލައިގައި ޖުޑިޝަރީ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 11:49
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މާލެ އަދި ރަށްރަށުގެ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ މުސާރައިގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
އެގޮތުން، ޝަރުއީ ދާއިރާގެ މަގުސަދަކީ އަދުލު އިންސާފު ގާއިމްކުރުން ކަމުގައި ވީއިރު، މި މަސައްކަތުގައި ފަނޑިޔާރުންނާ އެކު އެންމެ ބުރަކޮށް އުޅުއްވާނެ މުވައްޒިފުންގެ ތެރޭގައި ލީގަލް އޮފިސަރުންނާއި ކޯޓު އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހިމެނޭ ކަމަށާއި އެންމެ މުހިއްމު މަގުސަދުކަމުގައިވާ އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މުޅި މަސައްކަތް ތަރުތީބުވެ ބިނާވެގެންވަނީ ގާނޫނީ ފަންނުގެ މައްޗަށް ކަމަށެވެ.