ރާއްޖޭގައި ބޭސް އުފައްދައި އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު އެބައޮތް: ނާޒިމް

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 12:06

ބޭހަށް ހާއްސަކޮށްގެން އުދެއްދި ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށާއި މި ތަނުގައި އަމިއްލައަށް ބޭސް އުފައްދައި އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ބޭސް އެތެރެކުރަމުން ދިޔައީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ. ނަމަވެސް، އެއީ އެތައް ވިޔަފާރިއެއް ކުރާ ކުންފުންޏަކަށް ވާތީ ހަމައެކަނި ބޭހަށް ސަމާލުކަން ދިނުމަށް ދަތިވާނެކަން ފާހަގަކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ ބޭހަށް ހާއްސަކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ސަރުކާރުގެ ކުންފުނިތައް ހިންގާ ކަމަށެވެ. އޭގެ ބޭނުމަކީ އެ މައްސަލައަށް ހާއްސަ ސަމާލުކަން ދިނުން ކަމަށާއި އެގޮތަށް، ރާއްޖޭގައި ވެސް ބޭހަށް ހާއްސަ ކުންފުންޏެއް އުފެއްދުމުން ކުންފުނީގެ ހަމައެކަނި ވިސްނުމަކަށް ވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މުޅި މައްސަލައަށް ހައްލު ހޯދައިދިނުމެވެ.

މައުޟޫޢުތަށް