އާސަންދަ ނިޒާމު އޮތީ އާއްމުން ސަލާންޖަހަން ޖެހޭ ގޮތަށް ކަމަށް ގަބޫލެއް ނުކުރަން: ނާޒިމް
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 1:26
އާސަންދަ ނިޒާމު އޮތީ ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ހާލަތުގައި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފަރުވާ ހޯދުމަށް އާއްމުން ސަލަންޖެހޭ ގޮތަށް އާސަންދަ ނިޒާމު ބައްޓަންވެފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ތައާރަފްކުރީ ވެސް ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލަން ކަމަށެވެ. އެހެންވެ، އެ ނިޒާމުގައި ރައްޔިތުން ސަލާންޖަހާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއާ އަދި މިކަމުގައި ފެންނަ މަންޒަރަށް ބަލާއިރު ދިވެހިރާއްޖެއިން އާސަންދައިން ކުރެވިފައި ހުރި ހަރަދުތަކާއި އާސަންދަ ނިޒާމު ރަނގަޅުވަމުން އަންނަ ގޮތާއި މި ހުރިހާ ކަންކަމަށް ބަލާއިރު އަޅުގަނޑަށް ވަރަށް ބޮޑަށް ބުރަވެވޭ އާސަންދަ ނިޒާމު އެހެނެއް ނޫންކަން. އެއީ ރައްޔިތުންނަށް ފޯރުކޮށްދޭ، ދުނިޔޭގައި އެންމެ ޖެނެރަސް ހެލްތު ނިޒާމު." ނާޒިމް ވިދާޅުވި އެވެ.