އާންމުންނަށް އުނދަގޫވާތީ މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަސް ނަގަނީ

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 12:51

ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި އެ ރަށުގައި 300 ގަސް އިންދާނެ ކަމަށް ރައީސް ވިދާޅުވި.

މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަހާ ހެދި، އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ގޭގެ އަށް ގެއްލުން ލިބި، އުނދަގޫތައް ވާތީ އެ ގަސް ނަގަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ އަމީނިއްޔާ ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގައި އެ ހިސާބުގައި ދިރިއުޅޭ އާންމުން ވަނީ ސަހަރާގައި ހުންނަ އެ ނިކަގަހުގެ މުލުން ގޭގެއަށް ގެއްލުން ލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

މައުޟޫޢުތަށް