ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ފަސް ބޭފުޅަކަށް ރުހުންދީފި
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 1:03
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަންކުރަން ފަސް ބޭފުޅަކަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ ހޮނިހުރު ދުވަހު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލުމުން އެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
މަޖިލީހުން މިއަދު ރުހުން ދިނީ ޖުޑިޝަރީ ކޮމިޓީން އެ ބޭފުުޅުންނާ އިންޓަވިއުކޮށް އެންމެ މަތިން މާކްސް ދިން ހަތް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކަށެވެ.