ޖަޕާނުގައި ހުންނަވާ ސަފީރަކަށް އައްޔަންކުރަން މަހުލޫފުގެ ނަން މަޖިލީހަށް ފޮނުއްވައިފި

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 12:55

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަން ކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން އޭނާގެ ނަން މަޖިލީހަށް ފޮނުއްވައިފި އެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގަ އެވެ. އެ ސިޓީފުޅުގައި މަޖިލީހަށް އިއްވުމަށް ފަހު އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.

އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުގައި އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ.

މައުޟޫޢުތަށް