ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދޭނެ: ބީއެމްއެލް
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 1:03
ބޭންކިންގެ ގާނޫނާ ހިލާފަށް އެ ބޭންކުން ލޯނު ދޫކުރަން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ގައުމީ ބޭންކް، ބީއެމްއެލް އިން މިއަދު ދޮގުކޮށްފި އެވެ.
ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާ އެކު، ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ ބޭންކުން ފައިނޭންސް ނުވަތަ ލޯނު ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި ދައްކާ ވާހަކަތަކެއް ކަމަށެވެ.
އެއީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.