ކޮޅިގަނޑުގެ ބާރުގަދަވެ ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހޭނެ

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 3:04

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން ދުވަހުގެ ފަހުން އުތުރާއި ދެކުނަށް މޫސުން އަލިވާނެ ކަމަށް ބެލެވުނަސް، މެދު ރާއްޖެ ތެރެއަށް މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ފަސް ވަރަކަށް ދުވަސް ފަހުން،" އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް