ހަސީނާގެ ބޭންކް ލޮކަރުތަކުން 10 ކިލޯގެ ރަން ދައުލަތަށް ނަގައިފި
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 6:56
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބޭންކް ލޮކަރުތަކުގައި ރައްކާކޮށްފައި ހުރި 1.3 މިލިއަން ޑޮލަރުގެ އަގުހުރި 10 ކިލޯގެ ރަން އެންޓި ކޮރަޕްޝަން އިދާރާތަކުގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.
ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ސެންޓްރަލް އިންޓެލިޖެންސް ސެލް (ސީއައިސީ) ގެ އޮފިޝަލުން ބުނީ މި ތަކެތި ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ލޮކަރުތައް ހުޅުވައި ބެލުމުން ކަމަށެވެ.
"ކޯޓު އަމުރެއްގެ ދަށުން އެ ލޮކަރުތައް ހުޅުވި އިރު ކުރީގެ ބޮޑުވަޒީރުގެ 9.7 ކިލޯގެ ރަން ވަނީ ފެނިފައި،" ނަން ނުޖެހުމަށް ޝަރުތުކޮށް ސީއައިސީގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.