ކަރަންޓުގައި ޖެހުނު މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައި
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 4:07
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާއަށް ފަރުވާ ދެމުންދާ ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި 43 އަހަރުގެ ދިވެހި ފިރިހެނަކަށް އިމަޖެންސީ ރޫމްގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ. އަދި އެއީ މެޑިކަލް ޓާމުން ބުނާ ނަމަ "ތާޑް ޑިގްރީ ބާންއެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
"ތާޑް ޑިގްރީ ބާންއެކޭ ބުނަނީ ހަށިގަނޑު ނުވަތަ މީހާގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައި ހުރުމުން،" އޮފިޝަލް ވިދާޅުވި އެވެ.