ގާޒީ ފާއިޒް ވަކިކުރަން މަޖިލިހަށް ހުށަހަޅަން ޖޭއެސްސީން ނިންމައިފި

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 6:21

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވެފައި ވާތީ އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ ބަލަމުންދާތީ އޭނާ ވަނީ މިދިޔަ އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑު ވެސް ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، ޖޭއެސްސީން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބަލަމުންދަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކެކެވެ.

މައުޟޫޢުތަށް