ދިރާގު ގޭމާސް ގިލްޑާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 7:21
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މެގަޗިޕް ގުޅިގެން ގޭމިން ބަންޑްލްއެއް ދޭން އިއުލާންކޮށްފި އެވެ.
ގޭމަރުންނަށް ހާއްސަ އަގުހުރި އޭލިއަންވެއާ ގޭމިން ބަންޑްލްގެ ތެރޭގައި އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނީޓަރަކާއި އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓަކާއި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިން ކީބޯޑެއްގެ އިތުރުން އޭޑަބްލިއު ވަޔާލެސް ގޭމިން މައުސްއެއް ވެސް ހިމެނޭނެ އެވެ.
އެ ގިވްއަވޭގައި ބައިވެރިވުމަށް ޑީޖީޖީގެ ވެބްސައިޓް މެދުވެރިކޮށް އެ ފްލެޓްފޯމަށް ސައިންއަޕް ކުރަން ޖެހޭނެ އެވެ. އަދި އެއަށްފަހު ޑީޖީޖީގެ އިންސްޓަަގްރާމް ޕޭޖާއި މެގަޗިޕްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރުމަށްފަހު ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާ ކުރަން ޖެހޭނެ އެވެ.