ހުޅުމާލޭ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 8:34

ސަރުކާރުން ހުޅުމާލޭގައި އަޅާ ވަގުފް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ އިމާރާތް އަޅަނީ އުރީދޫ ބިލްޑިންގެ ފަހަތުން އޮންނަ ބްލޮކުގައި އޮންނަ 20،000 އަކަފޫޓުގެ ބިމުގަ އެވެ.

އެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ކުންފުންޏާ އެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު އެ މަސައްކަތް 244 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރީ ދެ އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

މައުޟޫޢުތަށް