ސަލްމާންގެ ގެއަށް ބަޑި ޖެހި މީހުންނަށް ދައުވާކޮށްފި
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 7:18
ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑި ޖެހި މައްސަލާގައި ހައްޔަރުކުރި ފަސް މީހަކަށް ދައުވާކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނީ މުމްބާއީގައި ހުންނަ މަހަރާސްތުރާ ކޮންޓްރޯލް އޮފް އޯގަނައިޒްޑް ކްރައިމް އެކްޓް ކޯޓުން އެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.
އެ މައްސަލާގައި ދައުވާކުރަނީ ވިކީކުމާރް ގުޕްތާ، ސާގަރްކުމާރް ޕަލް، ސޯނޫކުމާރް ބިޝޯނީ، ރާފިގް ސަރްދާރު ޗޯދުރީ އަދި ހަރްޕަލް ސިންގް ކިޔާ މީހަކަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ތިބި އެ އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.