ހޮންކޮންގުގެ ފްލެޓް އިމާރާތްތަކެއްގައި ރޯވެ އެތައް ބަޔަކު މަރުވެއްޖެ

މިހާރު

26 ނޮވެމްބަރު 2025 | ބުދަ | 11:39

ހޮންގް ކޮންގުގައި މީހުން ދިރިއުޅޭ، ހައުސިން އެސްޓޭޓެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ.

ސިޓީގެ ލީޑަރު ޖޯން ލީ މިރޭ ވިދާޅުވި ގޮތުގައި މެންދުރު ފަހު ރޯވި އަލިފާން ނިއްވާނުލެވި އަދިވެސް ފެތުރެމުން ދާއިރު މިހާތަނަށް ވަނީ 36 މީހަކު މަރުވިކަން ކަށަވަރުވެފަ އެވެ.

"މިހާތަނަށް އަލިފާނުގެ ސަބަބުން 36 މީހަކު މަރުވެ 279 މީހަކަށް ވީ ގޮތެއް ވަނީ ނޭނގިފައި. އިތުރު 29 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން. އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް،" ޕްރެންސް ކޮންފަރެންސެއްގައި ލީ ވިދާޅުވި އެވެ.

މައުޟޫޢުތަށް