ޑްރަގު މައްސަލާގައި އޮރީ ފުލުހަށް ހާޒިރުކުރި ވަގުތު މީހުން އަރައިގަނެފި
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 7:33
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑު މައްސަލައެއްގައި ކުރާ ތުހުމަތުތަކަކާ ގުޅިގެން ސުވާލުކުރުމަށް އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސާ އޮރީ ފުލުހަށް އިއްޔެ ހާޒިރުކުރި ވަގުތު އާންމުންނާއި ޕަޕަރާޒީން އޭނާ ވަށާލައި ހުއްޓުވަން މަސައްކަތްކޮށްފި އެވެ.
އޭނާ ފުލުހަށް ހާޒިރުވި ވަގުތު އެ ސަރަހައްދުގައި ތިބި އާންމުންނާއި ޕަޕަރާޒީން އޭނާގެ ނަމުން ގޮވައި، އަރައިގަނެ، އޭނާ ހުއްޓުވަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެމީހުން އެތަނުން ދުރުކޮށް އޭނާ ޕޮލިސް ސްޓޭޝަނަށް ވެއްދުމަށް ފުލުހުންނާއި ގާޑުން މަސައްކަތް ކުރެ އެވެ.
މުމްބާއީ ފުލުހުންގެ އެންޓި ނާކޮޓިކްސް ސެލް (އޭއެންސީ) އަށް ބަޔާން ދޭން ހާޒިރުވާން އޮރީއަށް އެންމެ ފުރަތަމަ އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު، އޭނާ އިތުރު ވަގުތު ދޭން އެދުމުން ބަޔާން ނަގަން ހާޒިރުކުރީ އިއްޔެ އެވެ.