ޒުވާން ކުޅުންތެރިންގެ ރެކޯޑްގައި އާސެނަލް ފަހަތަށް ޖައްސާލެވޭނެ އެހެން ކްލަބެއް ނެތް

މިހާރު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 8:57

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަދި ޕްރިމިއާ ލީގުގައި ވެސް އެ ރެކޯޑް އޮތީ އާސެނަލް އަތުގައި އަދި މިހާރު ޔޫއެފާ ޔޫތު ލީގުގައި ވެސް އެ ކްލަބުން އެ ވަނީ އެ ރެކޯޑް ހަދާފަ

ޔޫއެފާ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބްތަކުގެ 19 އަހަރުން ދަުގެ ޓީމުތަކަށް ހާއްސަ ކޮށްގެން ބާއްވާ ޔޫއެފާ ޔޫތު ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އާސެނަލްގެ 13 އަހަރުގެ މިޑްފީލްޑަރު ލުއިސް މުނޯޒް ހޯދައިފި އެވެ.

މުނޯޒް ވަނީ އާސެނަލް ރޭ 4-2 އިން ބެޔާން މިއުނިކް ބަލިކުރި މެޗުގެ 85 ވަނަ މިނިޓުގައި ކުޅެން އަރައިފަ އެވެ. މިއާ އެކު އޭނާ ވަނީ 13 އަހަރާއި 11 މަހާއި 15 ދުވަހުގައި، ގިބްރާލްޓާގެ ރެޑް އިމްޕްސް އާއެކު، 14 އަހަރާއި ތިން މަހާއި އެއް ދުވަހުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެރި ރެކޯޑް މުގުރާލައިފަ އެވެ.

މައުޟޫޢުތަށް