ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކުރަނީ
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 9:10
ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމްކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި ސަރުކާރުން ހުށަހަޅައި، މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައި، ގެޒެޓުގައި އާންމުކުރަން ޖެހެ އެވެ.
އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރުގެ ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.