ލަންކާގައި ޑްރަގް ވިޔަފާރިކުރާ މީހެއްގެ ގެޔާއި ފަސް މަސްބޯޓު ހިފަހައްޓައިފި

މިހާރު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 3:18

ސްރީ ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގެޔާއި އޭނާގެ ފަސް މަސްބޯޓު އިލީގަލް އެސެޓްސް އިންވެސްޓިގޭޝަން ޑިވިޝަނުން ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ ތަހުގީގުގެ ބޭނުމަށް ހިފެހެއްޓި ލަގްޒަރީ ގޭގެ އަގު 50 މިލިއަން ރުޕީސް އަށް ވުރެ ބޮޑުވާނެ ކަމަށެވެ. އަދި ނިލިވެލާ ފިޝަރީޒް ހާބަރުގައި އަޅާފައި ވަނިކޮށް ފަސް މަސްބޯޓު ވެސް ހިފަހައްޓާފައިވާ ކަމަށާއި އެ އުޅަނދުތަކުގެ އަގު 200 މިލިއަން ރުޕީސް އަށް އަރާނެ ކަމަށް ވެސް ބުންޏެވެ.

މި މުދާތައް ހިފެހެއްޓީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހެއްގެ ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތުން ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް