ދިރާގުން ދޭ ދެ ލޯންޗު ހޯދުމުގެ ފުރުސަތު ދެ ގުނަކޮށްދޭ އޮފާގެ މުއްދަތު ހަމަވަނީ
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 10:33
ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޭ 2 ސްޕީޑް ބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކޮށްދޭ އޮފާގެ މުއްދަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ އެވެ.
ދިރާގުން ދޭ ދެ ލޯންޗު ހޯދުމުގެ ފުރުސަތު ދެ ގުނަ ކޮށްދޭ އޮފާ އަކީ ނޮވެމްބަރު މަހުގެ ނިޔަލަށް އެންރޯލްކުރާ ކަސްޓަމަރުންގެ ފޯނު ނަމްބަރު ހަތަރު ފަހަރު އެންރޯލްކޮށްދީ، ލޯންޗު ލިބުމުގެ ފުރުސަތު ހަތަރު ގުނަކޮށް ދޭ އޮފާއެކެވެ.
މި އޮފާގެ އިތުރުން ދިރާގުޕޭއަށް ރަޖިސްޓްރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވޭނެ އެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާ ލިމިޓެއް ނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.