ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި

މިހާރު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:56

ކުރީގެ ނައިބު ރައީސުންނަށް ވެސް ދައުލަތުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްވުމުން، އެ އިނާޔަތަށް ޝަރުތު ހަމަވާ ހަމައެކަނި ބޭފުޅަކީ އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމް އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވަނީ ކުރީގެ ނައިބު ރައީސުންނަށް ކޮންމެ މަހަކު ދައުލަތުން 25،000ރ. އިނާޔަތެއް ދިނުމަށް ހިމަނައިފަ އެވެ. އަދި އެ ބޭފުޅުންނަށް ވެސް ރާއްޖެ އާއި ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެ އެވެ. ނަމަވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ބަލާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކޮށްފައިވާ ނަމަ ކަމަށް އިސްލާހުގައި ވެ އެވެ.

މައުޟޫޢުތަށް