އިންޑޮނީޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ ބިރެއް ނެތް
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:56
އިންޑޮނީޝިއާގެ ހުޅަނގުގައި އޮންނަ ސުމަޓްރާގެ އައްސޭރިއަށް މިއަދު 6.6 މެގްނިޓިއުޑްގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ މި ބިންހެލުން އައީ ސިމެއުލުއޭ އައިލެންޑް ކައިރިއަށް ޖީއެމްޓީން ފަތިހު 4:56 ގައި ކަމަށެވެ. އެއީ ރާއްޖޭ ގަޑިން ހެނދުނު 9:56 އެވެ. ބިންހެލުން އައީ ބިމުގެ 25 ކިލޯމީޓަރު އަޑިއަށް ކަމަށް ވެސް ބުންޏެވެ.
އިންޑިއަން އޯޝަން ސުނާމީ ވޯނިން ސެންޓަރުން ބުނީ މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ނުރައްކަލެއް ނެތް ކަމަށެވެ.