ހަނީމޫނަށް ރާއްޖެއަށް އަލަށް އައި ދަތުރުން ދެ މިލިއަން ވަނަ ޓޫރިސްޓަށް!
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:41
ހަނީމޫނަށް، ރާއްޖެއަށް އަލަށް އައި ބެތަނީ ސާރާ ކާސްވެލް މި އަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓަށްވެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބެތަނީ ސާރާ ކާސްވެލް، 30، ފިރިމީހާއާ އެކު ހަނީމޫން ހޭދަކުރަނީ އައުޓްޓްރިގާ މާފުށިވަރު ރިސޯޓުގަ އެވެ.
ވިޒިޓް މޯލްޑިވްސް އިން އޭނާއަށް މަރުހަބާ ކީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާ އެކު އެވެ. އަދި އެކަން ފާހަގަކުރުމުގެ ގޮތުން އޭނާއަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ސްޓޭންޑަޑް މޯލްޑިވްސް ރިސޯޓުގެ ހަފްތާއެއްގެ ޗުއްޓީއެއް ހިމެނެ އެވެ.