ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

މިހާރު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:53

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މި އަހަރުގެ ދެ ވަނަ ހިތާނީ ކޭމްޕުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ އާއިލާތަކުން އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހުޅުމާލޭގައި ހިންގާ މަތީ ފެންވަރުގެ ހޮސްޕިޓަލުން ބުންޏެވެ.

މި އަހަރުގެ ހިތާނީ ކޭމްޕުގެ އަގަކީ އާސަންދަ އަށް ކެނޑުމަށް ފަހު 5،500ރ. އެވެ. މި ކޭމްޕުގެ ޕްރޮސީޖާތައް ކުރިއަށް ގެންދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެމް އޮގަސްޓު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މައުޟޫޢުތަށް