މަރަން ހުކުމްކޮށްފައިވާ ހަސީނާއަށް 21 އަހަރުގެ ޖަލު ހުކުމެއް

މިހާރު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 3:08

އިންސާނިއްޔަތާ ހިލާފް އަމަލު ހިންގުމުގެ ކުށުގައި ދަންޖައްސައި މަރަން ހުކުމްކޮށްފައިވާ، ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމެއް ވެސް މިއަދު އިއްވައިފި އެވެ.

މިދިޔަ އަހަރު މުޒާހަރާތަކާ ހެދި އިސްތިއުފާ ދެއްވުމަށް ފަހު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތް 78 އަހަރުގެ ހަސީނާއަށް މި ހުކުމް އިއްވި އިރު ވެސް ކޯޓު އަމުރުތަކަށް ތަބާނުވެ ހުންނެވީ އިންޑިއާގަ އެވެ.

ހަސީނާގެ ޣައިރު ހާޒިރުގައި މި މަހުގެ 17 ވަނަ ދުވަހު ވަނީ ދަންޖައްސައި މަރަން ވެސް ހުކުމްކޮށްފަ އެވެ.

މައުޟޫޢުތަށް