މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި

މިހާރު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 4:37

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓި ނަމަވެސް ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރީ މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖެ އިން ތަންފީޒު ކުރަމުންދާ ހަރުދަނާ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވުމުން ކަމަށް ބުނެފައި ވެ އެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާ އެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަން ފެށުމުންނެވެ.

ކްރެޑިޓް އައުޓްލުކަށް ކުރިއެރުމެއް ލިބިފައިވިޔަސް، އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏާ ގުޅިގެން ފިސްކަލް ހާލަތާ މެދު މޫޑީސް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ބޭރުގެ ދަރަނީގެ އިތުރުން، ކުރު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް އެތެރޭގެ ދަރަނި އިތުރުވަމުންދާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން، ޖީޑީޕީގެ ނިސްބަތުން އެފަދަ ދަރަނި 40 ޕަސެންޓަށް މިހާރު ވެސް އަރާފައިވާ ކަމަށް އެ ބަޔާނުގައި މޫޑީސްއިން ބުންޏެވެ.

މައުޟޫޢުތަށް