ކްރެޑިޓް އައުޓްލުކަށް ކުރިއެރުން ލިބުނު ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 8:02
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމުގެ ފަހަތުގައި އޮތީ ސަރުކާރުގެ ހަރުދަނާ ފިސްކަލް ސިޔާސަތުތަކާއި ފިޔަވަޅުތައް ކަމަށާއި އެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފި އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރީ މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖެ އިން ތަންފީޒު ކުރަމުންދާ ހަރުދަނާ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވުމުން ކަމަށް ބުނެފައި ވެ އެވެ.
އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާ އެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ވެސް ފެންނަން ފެށުމުންނެވެ.